މާލޭ ސިޓީ ކައުންސިލުން، މި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރަން ނިންމައި، އެކަމުގެ ތާރީހާއި ބައްދަލުކުރުމަށް ނިންމި ގޮތް ހާމަކޮށްފިއެވެ.
އެގޮތުން އެ ކައުންސިލުން ބުނެފައިވަނީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ފެބްރުވަރީ މަހު ބޭއްވުމަށް ޤާނޫނުން ލާޒިމް ކުރާ ބައްދަލުވުން ކޮވިޑް 19 ގެ ޙާލަތާ ގުޅިގެން އެއްތަނަކަށް އެއްވެ މި ބައްދަލުވުން ބޭއްވޭގޮތް ވަނީ ނުވެފައި ކަމަށާއި އެހެން ނަމަވެސް ކޮވިޑް 19 ގެ މި ޙާލަތުގައި ޒޫމް މެދުވެރިކޮށް 2021 މާރިޗް 08 ވަނަ ދުވަހު ހަވީރު 4:00ގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
"މިބައްދަލުވުން ޕަބްލިކް ސަރވިސް މީޑިއާއިންނާއި ފޭސްބުކު ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ޒޫމް މެދުވެރިކޮށް ބައިވެރި ވެވޭނެ ވާހަކަ ދަންނަވަމެވެ." ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މިބައްދަލުވުމުގެ ލިންކް: https://zoom.us/j/91216011193?pwd=YzV1MUNCYkkySlVzdi90NERFSjVJQT09
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް