ހުޅުމާލޭ ޖަލުން ފިލި ބިދޭސީ އަކު ހޯދާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ފިލައިގެން ހޯދަމުން ދިޔައީ އަސަނާ ކިޔާ އުމުރުން 32 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އެމީހާ ހުޅުމާލޭ ޖަލުން ފިލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމީހާ ރޭ ހޯދައި ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.
އެމީހާ ހޯދީ ފުލުހުންގެ އެހީތެރިކަމާއި އެކު ކަމަށް ވިދާޅުވި އެވެ.
އެމީހާ އާއި ގުޅޭ މައުލޫމާތު ކަރެކްޝަންސް އަށް ދިނީ އާންމު ފަރާތަކަށް ކަމަށް އަހުމަދު ވިދާޅުވި އެވެ.
އެމީހާ ހުޅުމާލޭ ޖަލުގައި ބަހައްޓާފައި ހުރީ އިމިގްރޭޝަން ގާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް