ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ ގައުމީ ސްކައުޓް ޖަމްބޮރީ ފަސްކޮށްފި އެވެ.
ސްކައުޓް އެސޯސިއޭޝަނުން މިމަހުގެ25 ވަނަ ދުވަހު ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ޖަމްބޮރީ ފަސް ކުރީ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއި ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނޫންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވާތީ ކަމަށެވެ.
މި ޖަމްބޮރީގައި ރާއްޖޭގެ48 ސްކޫލަކުން ކުދިންނާއި އޮފިޝަލުންނާއި އެކު1035 ސްކައުޓުން ބައިވެރިވާން ރަޖިސްޓްރީވެފަވެ އެވެ. ޖަމްބޮރީ ބާއްވަން ހަމަޖައްސާފައި އޮތީ އަންނަ މަހުގެ ހަތަކުން13 އަށެވެ.
މިއީ މި ޖަމްބޮރޯ ބާއްވާ ހަވަނަ އަހަރެވެ. މިއަހަރު ޖަމްބޮރީ ބާއްވަން ހަމަޖައްސާފައި އޮތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެވެ.
ސްކައުޓް ސެސޯސިއޭޝަނުން ބުނީ ދެން ޖަމްބޮރީ ބާއްވާނެ ތާރީހެއް ފަހުން ހާމަ ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް