ކުޑަހުވަދޫއަށް ނަގޫ ރޯލިއެއް އަރައިފި

ދ. ކުޑަހުވަދޫއަށް ނަގޫ ރޯޅިއެއް އަރައި ގެއްލުނަތަކެއް ވެއްޖެ އެވެ. މި ނަގޫ ރޯލި އަރާފައިވަނީ މިއަދު ހަވީރު4:35 ހާއިރު އެވެ. އެ ރަށު ކައުންސިލުން ބުނީ މި ހާދިސާގައި ގެއްލުންވެފައިވަނީ އެންމެ ގެއަކަށް ކ...

28 Feb 2020 | 15:50

ދ. ކުޑަހުވަދޫއަށް ނަގޫ ރޯޅިއެއް އަރައި ގެއްލުނަތަކެއް ވެއްޖެ އެވެ.

މި ނަގޫ ރޯލި އަރާފައިވަނީ މިއަދު ހަވީރު4:35 ހާއިރު އެވެ.

އެ ރަށު ކައުންސިލުން ބުނީ މި ހާދިސާގައި ގެއްލުންވެފައިވަނީ އެންމެ ގެއަކަށް ކަމަށެވެ. ދެން ގެއްލުންވެފައިވަނީ އެ ގެއާކައިރީގައި ދަނޑު ހައްދާފައި އޮތް ގޮއްޗަކަށެވެ.

ގެއްލުންވީ މަނަސް ކިޔާ ގެއަކަށެވެ. އެ ގޭގެ ފުރާޅުގެ ބައެއް ވަނީ އެއްލާލާފަ އެވެ. އެމްއެންޑީއެފުން ބުނީ ސެންޓްރަލް އޭރިއާ ކުދަހުވަދޫ ޕޯސްޓުގެ ސިފައިން އެގޭ ފުރާޅު މަރާމާތުކޮށްދިނުމުގެ މަސަައްކަތް ކުރަމުންދާ ކަމަށެވެ.

https://twitter.com/MNDF_Official/status/1233402822323888128

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް