ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި އެވެ. ޑިޕާޓްމަންޓް އޮފް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އިން ވައިޓް އެލާޓު ނެރެފައިވަނީ ހއ. އަތޮޅާއި މ. އަތޮޅާއި ދެމެދުގައިވާ އަތޮޅުތަކުގެ ރަށްތަ...

28 Feb 2017 | 18:06

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި އެވެ.

ޑިޕާޓްމަންޓް އޮފް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އިން ވައިޓް އެލާޓު ނެރެފައިވަނީ ހއ. އަތޮޅާއި މ. އަތޮޅާއި ދެމެދުގައިވާ އަތޮޅުތަކުގެ ރަށްތަކަ ށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެލާޓު ނެރެފައިވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.

ވައިޓް އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވެރި ރައްކާތެރިވާން ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މިދިޔަ ހަފްތާއެއްހާ ދުވަސް ކުރިންވެސް ވަނީ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވައިގަދަވެ، ބައެއް ރަށްރަށަށް އުދަ އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް