ކިންގް ސަލްމާން މިސްކިތް އަޅަން ތުރުކީ ކުންފުންޏަކާއި ހަވާލުކޮށްފި

ސައުދީ އަރަބިއްޔާ ސަރުކާރުގެ ހިލޭ އެހީގައި ކާނިވާ ސަރަހައްދުގައި އަޅާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ތުރުކީގެ ޓާމެކްސް ކުންފުންޏާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ ...

28 Feb 2017 | 14:59

ސައުދީ އަރަބިއްޔާ ސަރުކާރުގެ ހިލޭ އެހީގައި ކާނިވާ ސަރަހައްދުގައި އަޅާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ތުރުކީގެ ޓާމެކްސް ކުންފުންޏާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 24 މިލިއަން ޑޮލަރަށެވެ. އެއްބަސްވުމުގައި ވާގޮތުން 500 ދުވަސްތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.

ގިނަ ބޭނުންތަކެއް ކުރެވޭގޮތަށް އަޅާ ކިންގް ސަލްމާން މިސްކިތުގައި ކްލާސް ރޫމްތަކަކާއި، މަލްޓި ޕާޕަސް ހޯލަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ބައިނަލް އަގުވާމީ ފެންވަރުގެ ލައިބްރަރީ އަކާއި، ގުރުއާނާއި ބެހޭ ބައި މިސްކިތަކަކަށް ބަދަލު ކުރެވޭގޮތަށް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އެ މިސްކިތަކީ އެއްފަހަރާ ހަ ހާސް މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ

މި މަސައްކަތް ހަވާލު ކުރި ޓާމެކްސް އަކީ މިހާރުވެސް ރާއްޖޭގެ  ކޮންސްޓްރަކްޝަން ދާއިރާގަ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ކުރަމުންދާ މި ކުންފުންޏާއި މިސްކިތް އެޅުމަށް ހަވާލު ކުރީ ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް މި ކުންފުނިން ހުށަހެޅުމުން ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް