ފ. އަތޮޅު ވިއްކާލަން އެއްވެސް އިރަކު އެމްޑީޕީ މެންބަރުން ތާއީދެއް ނުކުރަން

އިދިކޮޅު އެމްޑީޕީގެ އެއްވެސް މެންބަރަކު ފ. އަތޮޅު ވިއްކާލަން ތާއީދުކޮށް ވާހަކަދައްކަވާފައި ނުވާނެ ކަމަށް އެޕާޓީން ބުނެފި އެވެ. އެމްޑީޕީން މިހެން ބުނެފައިވަނީ އެޕާޓީގެ ބައެއް މެންބަރުން އިއްޔެ ބޭއްވި މ...

28 Feb 2017 | 13:50

އިދިކޮޅު އެމްޑީޕީގެ އެއްވެސް މެންބަރަކު ފ. އަތޮޅު ވިއްކާލަން ތާއީދުކޮށް ވާހަކަދައްކަވާފައި ނުވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އެޕާޓީގެ ބައެއް މެންބަރުން އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފ. އަތޮޅު ވިއްކާލުމަށް ތާއީދުކޮށް ވާހަކަ ދެއްކެވިކަމަށް މީޑިއާގައި ރިޕޯޓު ކުރުމުންނެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފ. އަތޮޅު ވިއްކާލުމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެއްވެސް މައުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުުވާތީ އޭގެ ކަންބޮޑުވުން އާންމުން އިންތިހާ އަށް ފާޅުކުރަމުން ގެންދާ ކަމަށެވެ. އެހެންވެ އޭގެ ތަފްސީލް ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިފައިވާނެ ކަމަށެވެ.

އެ ޕާޓީން ބުނީ އެކޮމިޓީގެ ބައްދަލުވުމުގައި ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގަން އުޅޭތީ އޭގެ މައުލޫމާތު ހޯދުމާއި ގުޅޭގޮތުން މެންބަރުން ވާހަކަދެއްކެވުމަކީ އެމްޑީޕީގެ މެންބަރުން އެކަމަށް ތާއީދު ކުރަނީ ނޫން ކަމަށެވެ. ރާއްޖޭގެ އެއްވެސް ތަނެއް ވިއްކާލުމަކީ އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދުން ބަލައިގަނެ ތާއީދު ކުރާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަތޮޅު ތެރޭގައި ހިންގާ ބޮޑެތި މަޝްރޫއުތައް ހިންގާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެއެ. އަދި ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރާނީ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް