ސެކިއުރިޓީ ދާއިރާއިން އެއްބާރުލުން ދިނުމަށް ޖަޕާނާއި އެކު ފުލުހުން މަޝްވަރާކޮށްފި

ސެކިއުރިޓީ ދާއިރާއިން ދިވެހި ފުލުހުންނާއި ޖަޕާނާއި ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ޖަޕާނުގެ ސެކިއުރިޓީ އާއި ލޯ އެންފޯސް ޑިޕާޓްމަންޓުތަކާއި އެކު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކުރިޔަށް ގެންދިޔަ...

28 Feb 2017 | 07:27

ސެކިއުރިޓީ ދާއިރާއިން ދިވެހި ފުލުހުންނާއި ޖަޕާނާއި ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ޖަޕާނުގެ ސެކިއުރިޓީ އާއި ލޯ އެންފޯސް ޑިޕާޓްމަންޓުތަކާއި އެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންދިޔައީ ޖަޕާނުގެ ނެޝަނަލް ޕޮލިސް އެޖެންސީގެ ދައުވަތަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އެވެ. ސީޕީ އަރީފުގެ ދަތުރުފުޅުގައި ވަނީ ޖަޕާންގެ ލޯއެންފޯސްމަންޓް އަދި ސެކިއުރިޓީ އެޖެންސީތަކާއިއެކު ވަކިވަކިން ބައްދަލުވުންތައް ބާއްވާފައެވެ.

މި ބައްދަލުވުންތަކާއި ގުޅޭގޮތުން ފުލުހުން ބުނީ ސެކިއުރިޓީ ގޮންޖެހުންތަކާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކައުންޓާ ޓެރެރިޒަމް، ޕޮލިސިންގެ އިތުރުން ސެކިއުރިޓީގެ ދާއިރާއިން ދެގައުމުގެ މުއައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތްތަކާއިގުޅޭ ގޮތުން މައުލޫމާތު ބަދަލު ކުރި ކަމަށެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ފުޅާކުރުމަށް އެކި ދާއިރާތަކުން ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމާގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ބުންޏެވެ.

ސީޕީ އަރީފު ޖަޕާނަށް ވަޑައިގެންނެވީ މިމަހުގެ 19 ން 23 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް