އެމްއެންޔޫ އިން ބަންގްލަދޭޝްގެ ބީޔޫޕީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ދަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ބަންގްލަދޭޝްގެ ޔުނިވާސިޓީ އޮފް ޕްރޮފެޝަނަލްސް (ބީޔޫޕީ) އާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫ އަ...

28 Jan 2026 | 08:03
N/A

N/A

ދަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން

ބަންގްލަދޭޝްގެ ޔުނިވާސިޓީ އޮފް ޕްރޮފެޝަނަލްސް (ބީޔޫޕީ) އާއެކު މެމޮރެންޑަމް އޮފް

އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫ އަކީ ދަރިވަރުންނާއި ފެކަލްޓީ

މެމްބަރުންނާއި ދިރާސާވެރިންގެ އެކަޑެމިކް އެކްސަލެންސް އެކްސްޗޭންޖް ޕްރޮގްރާމެއްގެ

ދަށުން ޕްރޮމޯޓް ކުރުމާއި ބައިނަލްއަގުވާމީ ގުޅުންތަކާއި ޑިފެންސް އިންޖިނޭރިން

އާއި ޓެކްނޯލޮޖީ އާއި ސަލާމަތާއި ސުލްޙަ އާއި ބިޒްނަސް މެނޭޖްމަންޓާއި، ތިމާވެށީގެ

ދާއިރާ އާއި ރިސާޗް ދާއިރާއިން އެއްބާރުލުން ދިނުމަށް ސޮއި ކުރެވުނު އެމްއޯޔޫއެކެވެ.

މި އެމްއޯޔޫގައި ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ

ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. ޕީޔޫބީގެ ފަރާތުން

ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓްގެ

ޗެއާމަން، ލެފްޓިނެންޓް ކާނަލް އެމްޑީ ޝާފިއުލް އާލަމެވެ.

ދަރިވަރުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމަށާއި

ގެސްޓް ލެކްޗަރުން ގެނައުމާއި ގުޅިގެން ވޯކްޝޮޕްތަކާއި ސެމިނާތަކާއި ކުރު

ކޯސްތަކާއި ރިސާޗް ލިޔުންތައް ޝާއިޢުކުރުން، ދެ ފަރާތަށް މަންފާވާނެހެން

ކުރިއަށްގެންދިއުން އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވޭނެ ކަމަށް

އެމްއެންޔޫއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް