ވޯޓުފޮށި ފަޅާނަމަ ފިޔަވަޅު އަޅާނަން: އެމްޑީޕީ

މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ވޯޓު ފޮށިތަކަށް ގެއްލުންދޭ މައްސަލައިގާ އެމްޑީޕީން އިންޒާރެއް ދީފިއެވެ. އެގޮތުން އެ ޕާޓީން ދެންމެ ބުނެފައިވަނީ އެފަދަ ...

28 Jan 2023 | 11:30

މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ވޯޓު ފޮށިތަކަށް ގެއްލުންދޭ މައްސަލައިގާ އެމްޑީޕީން އިންޒާރެއް ދީފިއެވެ.

އެގޮތުން އެ ޕާޓީން ދެންމެ ބުނެފައިވަނީ އެފަދަ ގެއްލުންތައް ދޭ މެންބަރުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިއަދު ކުރިއަށްދާ މި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކިވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެންބަރުނަނަށް އިލްތިމާސް ކުރަން" އެ ޕާޓީން ބުނެފައިވެއވެ.

އެ ޕާޓީން އިތުރަށް ބުނެފައިވަނީ އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެންބަރުންނަށް އަރުވާ ކަމަށެވެ.

އެމްޑީޕީން މިހެން ބުނެފައިވާއިރު މި އިންތިހާބުގައި އެ ފަދަ ދެ މައްސަލައެއްގައި ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް