މިދާވަރުން ދާނަމަ ރައީސް ނަޝީދުވެސް ހައްޔަރުކޮށްފާނެ: އީވާ

އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން މިދާވަރުން ދާނަމަ ރައީސް ނަޝީދުވެސް ހައްޔަރުކޮށްފާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. އީވާ މިހެނ...

28 Jan 2023 | 11:21

އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން މިދާވަރުން ދާނަމަ ރައީސް ނަޝީދުވެސް ހައްޔަރުކޮށްފާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ ރަތަފަންދޫން މީހަކު ހައްޔަރުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އީވާ ވިދާޅުވެފައިވަނީ ގދ. ރަތަފަންދޫ ވޯޓު ފޮށި ކައިރީގައި ހުރި ރައީސް ނަޝީދުގެ މަންދޫބުވެސް ހައްޔަރުކޮށްފައިވާކަމަށާއި މިދާވަރުން ދާނަމަ ރައީސް ނަޝީދުވެސް ހައްޔަރުކޮށްފާނެކަމަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ވޯޓުލުން ހެނދުނު 09:00 އިން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގައި ދެ މައްސަލައެއްގައި ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ދެ ރަށަކުން ތިން މީހަކު ހައްޔަރުކޮށްފައިވަނީ ވޯޓު ފޮއްޓަށް ގެއްލުން ދިނުމުގެ ދެ މައްސަލައެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް