ވޯޓު ފޮއްޓަށް ގެއްލުންދިން ދެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ވޯޓު ފޮށި ފެޅި މައްސަލައިގާ ދެ ސަރަހައްދަކުން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ވޯޓް ފޮއްޓަށް ގެއްލުންދިން މައްސަލައަކ...

28 Jan 2023 | 11:13

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ވޯޓު ފޮށި ފެޅި މައްސަލައިގާ ދެ ސަރަހައްދަކުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ވޯޓް ފޮއްޓަށް ގެއްލުންދިން މައްސަލައަކާއި ގުޅިގެން ގދ. ރަތަފަންދޫއިން ދެމީހަކު އަދި ތިނަދޫން މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ހައްޔަރުކުރި މީހެއްގެ ތެރޭގައި ރައީސް ނަޝީދުގެ މަންދޫބަކުވެސް ހިމެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެފައިވެއެވެ.

އެގޮތުން އީވާ ވިދާޅުވެފައިވަނީ ގދ. ރަތަފަންދޫ ވޯޓުފޮށި ކައިރީގައި ހުރި ރައީސް ނަޝީދުގެ މަންދޫބުވެސް ހައްޔަރުކޮށްފި ކަމަށެވެ.

"މި ދާވަރުން ދާނަމަ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފަ ނޫނީ ރައީސް ސޯލިހް ހުއްޓައިލާނެހެނެއް ހިއެއް ނުވޭ" އީވާ ވިދާޅުވެފައިވެއެވެ.

މި އިންތިހާބު ވަރަށް ވާދަވެރިކަމާއެކު ކުރިއަށްދާއިރު މިހާތަނަށް ވަރަށް ގިނަ މައްސަލަތައްވެސް ކުރިމަތިވެފައިވެއެވެ. ލިސްޓުގައި ނެތް މީހުން ވޯޓުލާކަމަށްބުނެ ބައެއް ވޯޓު ފޮށިތައް މިހާތަނަށް ފަޅާލައި ވޯޓު ކަރުދާސްތައްވެސް ނަގާފައިވެއެވެ.

ވޯޓުލުން ހެނދުނު 09:00 އިން ފެށިގެން ކުރިއަށްދާއިރު ވޯޓުލުން ކުރިއަށްދާނީ ހަވީރު 05:00 އާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް