ފެންނަމުންދާ ހަމަނުޖެހުންތަކާމެދު ހައިރާންނުވާ ކަމުގައި ޝެއިޙު ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެއްޖެއެވެ.
ޒައިދް މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކުރި ޓުވީޓެއްގައި އެވެ.
ޒައިދު ވިދާޅުވީ މީގެ ކުރިން ބޮލުގައި ބަޑިޖެއްސިކަމަށް ވިދާޅުވެގެން، ބަޔަކު ޖަޒުބާތުގައި ޖައްސައި ހިންގި ހަމަނުޖެހުމުގެ މަތިން ހަނދާން އާކުރަން ޖެހޭ ކަމަށެވެ.
ޤައުމުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ދެން ނޯންނާނެކަމަށް ގަބޫލުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
ޝެއިހް ޒައިދްގެ މިޓުވީޓާއި ދެކޮޅަށް އެތައް ބަޔަކު ދަނީ ކޮމެންޓުތަކެއް ކުރަމުންނެވެ.
https://twitter.com/alizaid1000/status/1619242581036273665
އޭނާ ގެންދަވަނީ މީގެ ކުރިންވެސް އެމްޑީޕީ ޕްރައިމަރީ އާއި ގުޅުވައި ތަފާތު ޓުވީޓުތައް ކުރަމުންނެވެ. ހައްސަކޮށް ރައީސް މުހައްމަދު ނަޝީދަށް ވޯޓު ލުމަށް ގޮވާލައި ޓުވީޓުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް