ހުޅުމާލޭ ސްޓެލްކޯގެ ކަސްޓަމާ ސާވިސް ހިދުމަތްތައް އެޕޯލޯ ޓަވަރަށް ބަދަލުކޮށްފި

މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ހުޅުމާލޭގައި ދެމުން އައި ކަސްޓަމަރ ސާވިސް ޚިދުމަތްތައް ހުޅުމާލޭގެ އެޕޯލޯ ޓަވަރަށް ބަދަލުކޮށްފިއެވެ. ސްޓެލްކޯއިން މިއަދު ކުރި...

28 Jan 2023 | 10:02

މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ހުޅުމާލޭގައި ދެމުން އައި ކަސްޓަމަރ ސާވިސް ޚިދުމަތްތައް ހުޅުމާލޭގެ އެޕޯލޯ ޓަވަރަށް ބަދަލުކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނިން ހުޅުމާލޭ ގައި ކަސްޓަމަރ ސާރވިސް ޚިދުމަތް ފޯރުކޮށްދެމުން ދިޔަ އޮފީސް އެޗްޑީސީ ބިލްޑިންގ އިން ހުޅުމާލޭ އެޕޯލޯ ޓަވަރަށް ބަދަލުވެފައިވާ ކަމަށެވެ.

މިގޮތުން އެ އޮފީހުން ދެމުން ގެންދާ ހުރިހާ ޚިދުމަތެއް މާދަމާއިން ފެށިގެން ދެމުން ގެންދާނީ އެޕޯލޯ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެކުންފުނީގެ އައު ކަސްޓަމަރ ސަރަވިސް އޮފީހުން ކަމުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ބޭއްވި ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނިން ބުނީ އެ ކުންފުނީގެ މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުން ކަމަށެވެ.

އަދި މިހާރު މަސައްކަތްކުރަމުން ދަނީ އެ ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް