ހިރިޔާ ސްކޫލުގެ ވޯޓު ފޮއްޓެއްވެސް ހުއްޓުމަކަށް

މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް ވޯޓުލުންވެސް ހުއްޓުމަކަށް އަތުވެއްޖެއެވެ. ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ވޯޓު ފޮށި ކައިރީގަ...

28 Jan 2023 | 08:51

މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް ވޯޓުލުންވެސް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ވޯޓު ފޮށި ކައިރީގައި ހުރެގެން ވިދާޅުވެފައިވަނީ ލިސްޓުގައި ނެތް މީހަކު އެ ފޮއްޓަށް ވޯޓު ލާފައިވާކަމަށާއި ދެން ކުރިއަށްގެންދެވޭނީ އަލުން ފަށައިގެން ކަމުގައި އަލީ އާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެ ފޮއްޓާއިމެދު އަދި ވަކި ގޮތެއް ނިންމާފައެއް ނެތެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ވޯޓު ފޮއްޓަށް ވޯޓު ލީ މީހާގެ ނަން ދާއިމީ ލިސްޓުގައި އޮތް ނަމަވެސް ފޮށީގައި އޮންނަ ލިސްޓުގައި އޮތް ކަމަކަށް ނުވެއެވެ. މައްސަލަ ހައްލު ކުރުމަށް ދެ ފަރާތުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ހިރިޔާ ސްކޫލުގައި ހުރި ވޯޓު ފޮށި ހުއްޓުމަކަށް އައިސްފައިވާއިރު ގައްދޫގައިވެސް ވޯޓުލުން ވަނީ ހުއްޓިފައެވެ. ގައްދޫގެ ވޯޓު ފޮށި ފަޅާލައި ފޮށީގައި ހުރި ވޯޓު ކަރުދާސްތައްވެސް ވަނީ ނަގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް