ގައްދޫ ވޯޓު ފޮށި އެއްލާލައި ވޯޓު ކަރުދާސްތައް އުކާލި މައްސަލައެއް!

ގދ. ގައްދޫގައި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށި ބަހައްޓާފައި ހުރި ތަނުގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ. އެ ރަށުގައި ވޯޓު ފޮށި ބަހައްޓާފައި ހުރީ ސްކޫލްގައި އެވެ. އެ ރަށުން މީޑިއާއަށް މައުލ...

28 Jan 2023 | 08:45

ގދ. ގައްދޫގައި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށި ބަހައްޓާފައި ހުރި ތަނުގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.

އެ ރަށުގައި ވޯޓު ފޮށި ބަހައްޓާފައި ހުރީ ސްކޫލްގައި އެވެ.

އެ ރަށުން މީޑިއާއަށް މައުލޫމާތު ދިން މީހުން ބުނީ މައްސަލަ އުފެދުނީ މީހަކު ބޮޑީ ކެމެރާ ހަރުކޮށްގެން ވަދެ ވޯޓުލައި ވީޑިއޯކޮށް ފޮޓޯ ނެގުމުން ކަމަށެވެ. ހަމަނުޖެހުން އުފެއްދީ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނެވެ.

އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހިގެން ވޯޓުލާ މަރުކަޒަށް ވަދެ، ވޯޓު ފޮށި އެއްލާލައި ވޯޓު ކަރުދާސްތައް ބިންމައްޗަށް އުކާލާފައި އެވެ. އަދި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި މީހަކު ވަނީ ވޯޓު ކަރުދާތަކެއް ހަލާކުކޮށްލާފައި އެވެ.

އެމީހުން ވަނީ ވޯޓުލާ މަރުކަޒުގެ އޮފިޝަލުން ތިބޭ މޭޒތައް ދުރައް ޖައްސައި އެ މޭޒުތަކަށް އަރައި އަޑުގަދަ ކޮށްފައި އެވެ. މި ހަމަނުޖެހުން ކޮންޓްރޯލް ކުރީ ފުލުހުން ގޮސްގެންނެވެ.

ހަމަނުޖެހުންތަކަށް ފަހު އަލުން އެ ރަށުގައި ވޯޓުލުން ފެށުނީ30 ވަރަކަށް މިނެޓު ފަހުންނެވެ.

https://twitter.com/ashjau/status/1619244318266642432

https://twitter.com/ahmedzahirjr/status/1619240894108176384

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް