އިންތިޚާބާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް

ފޯރިގަދަ ކެމްޕޭނު ހަރަކާތްތަކަކަށްފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ވޯޓުލުން މިއަދު ފެށިގެން ކުރިއަށް ދާއިރު އިންތިޚާބާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ހުޅުވާލައިފިއެވެ. އެމްޑ...

28 Jan 2023 | 08:21

ފޯރިގަދަ ކެމްޕޭނު ހަރަކާތްތަކަކަށްފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ވޯޓުލުން މިއަދު ފެށިގެން ކުރިއަށް ދާއިރު އިންތިޚާބާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ހުޅުވާލައިފިއެވެ.

އެމްޑީޕީން ދެންމެ ކުރި ޓްވީޓެއްގައި ބުނީ މިހާރު ކުރިއަށްދާ އިންތިޚާބާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ހޮޓްލައިން ނަންބަރަކީ 7355545 ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ފަހުގެ ތާރީހެއްގައި އެ ޕާޓީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިހާބެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ކެނޑިޑޭޓް ނަމްބަރު 1، ރައީސް މުހައްމަދު ނަޝީދު އަދި ކެނޑިޑޭޓް ނަމްބަރު 2 ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު މި އިންތިހާބަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 283 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 05:00 އާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް