ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން އެމްޓީސީސީއާއި ހަވާލުކޮށްފި

ބ. ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތްކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކޮށްފިއެވެ. ހެލްތު މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތް ކުރުމަ...

28 Jan 2023 | 07:06

ބ. ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތްކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތް ކުރުމަށް އެމްޓީސީސީއާ  ހަވާލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފައި ވަނީ 123,667,047.03ރ. (އެއްސަތޭކަ ތޭވީސް މިލިއަން ހަސަތޭކަ ފަސްދޮޅަސްހަތްހާސް ސާޅިސް ހަތްރުފިޔާ ތިނެއް ލާރި) އަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

މިއީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހެލްތު މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލު ކޮށްފައިވާ މަޝްރޫޢުއެކެވެ.

ބ. ތުޅާދޫގައި ހޮސްޕިޓަލް އަޅާނެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް