އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލެއްވުމަށް ފަހު ބޭރަށް ނުކުމެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަން ދެކޮޅު ހައްދަވައިފި އެވެ.
އިންތިހާބުތަކުގައި ވޯޓު ލެއްވުމަށް ފަހު ނުކުމެވަޑައިގެން ވޯޓާއި ގުޅޭގޮތުން ދެކެވަޑައިގެންނަވާގޮތް ހާމަ ކުރެއްވުމަކީ ކެންޑިޑޭޓުންނާއި ރައީސުން އަދި ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރު ކުރައްވާ ކަމެކެވެ. މީގެ ކުރިން ބޭއްވި ހުރިހާ އިންތިހާބުތަކެއްގައި ވޯޓުލެއްވުމަށް ފަހު ނަޝީދުވެސް ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވާފައިވެ އެވެ.
އެކަމަކު މިއަދު ވޯޓު ލެއްވުމަށް ފަހު އެ ސަރަހައްދުގައި މަޑުވެސް ނުުކުރައްވާ އެމަނުކުފާނު ވަނީ ވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންނާއި ފަހުން ބައްދަލު ކުރައްވާނެ ކަމަށެވެ.
ނަޝީދު ވޯޓު ލައްވަން ވަޑައިގެންނެވީ މިއަދު ހެނދުނު11:00 ގައި ޖަމާލުއްދީން ސްކޫލަށެވެ.
އެމަނިކުފާނާއި ވާދަ ކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވާފައި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޑަބަލް ޑިޖިޓް ނަމްބަރެއްގެ ތަފާތަކުން ކާމިޔާބުކުރެވޭނެކަމުގައި އުންމީދުކުރައްވާކަމުގައި އެވެ. ރައީސް ސޯލިހް ވިދާޅުވީ އުންމީދުކުރައްވަނީ މި އިންތިހާބު ނިމިގެންދާއިރު ހިތްހަމަޖެހޭ މަންޒަރުތަކެއް ފެނިގެން ދިއުން ކަމަށާއި އެމްޑީޕީއަށް އެކުގައި އަލުން ކުރިއަށްދެވޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް