ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލައްވައިފި އެވެ.
ރައީސް ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ގަލޮޅު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ. އެމަނިކުފާނު ވޯޓުލައްވަން ވަޑައިގެންނެވީ ހެނދުނު 11:00 ގައި އެވެ.
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 9:00 ގައި އެވެ. ވޯޓުލުން ނިންމާލަން ހަމަޖައްސާފައިވަނީ ހަވީރު5:00 ގައި އެވެ.
މި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީގެ ވޯޓުލުމަށް 283 ވޯޓުފޮށި ބަހައްޓާފައިވެއެވެ.
މިއަދު ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް މި ދަނީ ވާދަވެރި އަދި ފޯރި ގަދަ ކެމްޕެއިނަކަށް ފަހު އެވެ.
މި އިންތިހާބުގައި ވާދަ ކުރައްވަނީ ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް