ބަޔަކަށް ރަނގަޅުވިޔަސް ނުވިޔަސް ހައްޤު ވާނީ ހައްޤަށް: އިމްރާން

ބަޔަކަށް ރަނގަޅުވިޔަސް ނުވިޔަސް ހައްޤު ވާނީ ހައްޤަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާނު މިހެން ވިދާޅުވެފައި މިވަނީ ފޯރިގަދަ ކެމްޕޭނަކަށްފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރ...

28 Jan 2023 | 06:17

ބަޔަކަށް ރަނގަޅުވިޔަސް ނުވިޔަސް ހައްޤު ވާނީ ހައްޤަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާނު މިހެން ވިދާޅުވެފައި މިވަނީ ފޯރިގަދަ ކެމްޕޭނަކަށްފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ބެލެވޭ ގޮތުގައި މިކަމަށް އިޝާރަތްކުރައްވާ އިމްރާނު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބަޔަކަށް ރަނގަޅުވާހާ ގޮތަކީ އަދި ހައްޤެއް ނޫން ކަމަށެވެ.

އަދި ބަޔަކަށް ރަނގަޅު ވިޔަސް ނުވަތަ ނުވިޔަސް ހައްޤު ވާނީ ހައްޤަށް ކަމަށް އިމްރާނުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

https://twitter.com/ShimranAb/status/1619146040086773760

އިމްރާން މިހެން ވިދާޅުވެފައިވާއިރު ޝައިޚް އިމްރާނާއި ޝައިހް އަލީ ޒައިދާއި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް، އަދާލަތު ޕާޓީ ހިސޯރުކޮށް ސިޔާސީ މަންފާއަށް ވާހަކަ ދައްކަމުން އަންނަކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރެއެވެ.

އެ ތުހުމަތުތަކަށް ބާރު ލިބޭ ވާހަކަތަކެއް އެ ޕާޓީގެ ސްލޮޓެއްގައި ކުރިން އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީމްވެސް އިއްޔެ ސޯޝަލް މީޑއާގައި ވަނީ ހިއްސާ ކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް