އުންމީދަކީ ޑަބަލް ޑިޖިޓްގެ ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވުން: ރައީސް ސޯލިހް

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޑަބަލް ޑިޖިޓް ނަމްބަރެއްގެ ތަފާތަކުން ކާމިޔާބުކުރެވޭނެކަމުގައި އުންމީދުކުރައްވާކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ އިސ...

28 Jan 2023 | 06:15

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޑަބަލް ޑިޖިޓް ނަމްބަރެއްގެ ތަފާތަކުން ކާމިޔާބުކުރެވޭނެކަމުގައި އުންމީދުކުރައްވާކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލަށް ވަޑައިގެން ވޯޓުދެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.

މި އިންތިހާބުގައި ވާދަކުރައްވާ އެއް ކެނޑިޑޭޓްކަމުގައިވާ ރައީސް ސޯލިހް ވިދާޅުވީ އުންމީދުކުރައްވަނީ މި އިންތިހާބު ނިމިގެންދާއިރު ހިތްހަމަޖެހޭ މަންޒަރުތަކެއް ފެނިގެން ދިއުން ކަމަށާއި އެމްޑީޕީއަށް އެކުގައި އަލުން ކުރިއަށްދެވޭނެކަމަށެވެ.

ވޯޓު އޮޅުވާލުމުގެ އަޑު ގަދަވެފައިވާއިރު އެކަމާއި ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި މިހާތަނަށް އެފަދަ ކަމެއް ހިނގާފައިނުވާކަމަށާއި އަދި އެފަދަ ކަމެއް ހިނގާފާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް