ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލައްވައިފި އެވެ.
ރައީސް ސޯލިހު ވޯތު ލައްވާފައިވަނީ އިސްކަންދަރު ސްކޫލްގައި ބަހައްޓާފައި ހުރި ހިންނަވަރު ދާއިރާގެ ވޯތު ފޮއްޓަށެވެ. އެމަނިކުފާނު ވޯޓުލައްވަން ވަޑައިގެންނެވީ ހެނދުނު10:42 ހާއިރު އެވެ.
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު9:00 ގައި އެވެ. ވޯޓުލުން ނިންމާލަން ހަމަޖައްސާފައިވަނީ ހަވީރު5:00 ގައި އެވެ.
މި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީގެ ވޯޓުލުމަށް 283 ވޯޓުފޮށި ބަހައްޓާފައިވެއެވެ.
މިއަދު ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް މި ދަނީ ވާދަވެރި އަދި ފޯރި ގަދަ ކެމްޕެއިނަކަށް ފަހު އެވެ.
މި އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް