ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ މިއަދު ކުރިއަށް ދާއިރު އެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިން މިހާތަނަށް ބޮޑު ދެ ޝަކުވާއެއް ފެންމަތިކޮށްފިއެވެ.
ރައީސް ނަޝީދުގެ ކެމްޕޭނު މެނޭޖަރު ހަސަން ލަތީފް ދެންމެ ކުރި ޓްވީޓެއްގައި ބުނީ ވޯޓުލާ މަރުކަޒުގައި ތިބި އޮފިޝަލުންގެ އަތުގައި އޮތް ވޯޓުލާ މީހުންގެ ލިސްޓާއި އެމްޑީޕީން އާންމުކުރި ވޯޓާސް ލިސްޓާއި ދިމާނުވާ ކަމަށެވެ.
އަދި މިކަމުގެ ސަބަބަން ދަނީ ގިނަ ޝަކުވާތަކެއް ލިބެމުން ކަމަށް ހަސަން ލަތީފް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ހަސަން ލަތީފް ކުރި ޓްވީޓެއްގައި ބުނީ ވޯޓުލާން ފެށުމަށް އޮތްގަޑިއަކީ 9:00 ކަމަށްވާއިރު 8:35 ހާއިރު ލ. މުންޑޫގައި ރައީސް ނަޝީދުގެ މަންދޫބުން ވޯޓުލާ މަރުކަޒުގައި ހާޒިރުވެ ނެތިސް ފޮއްޓަށް ވޯޓުތަކެއް އަޅާލާ ވޯޓުލުން ފަށާފައިވާ ކަމަށެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކެނޑިޑޭޓް ނަމްބަރު 1، ރައީސް މުހައްމަދު ނަޝީދު އަދި ކެނޑިޑޭޓް ނަމްބަރު 2 ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު މި އިންތިހާބަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 283 ވޯޓުފޮށި ބަހައްޓާފައިވެއެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 05:00 އާއި ހަމައަށެވެ.

ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް