ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީގެން ކުރިޔަށް އެބަދެ އެވެ.
ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށުނީ ހެނދުނު 9:00 ގައި އެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކެނޑިޑޭޓް ނަމްބަރު 1، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކެނޑިޑޭޓް ނަމްބަރު 2 ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީގެ ވޯޓުލުމަށް 283 ވޯޓުފޮށި ބަހައްޓާފައިވެއެވެ.
ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00 އާއި ހަމައަށެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް