އިންތިހާބުގައި ވާދަ ކުރުމަށް އިތުރު ފުރުސަތު ހުޅުވާލަން އެދި ހައިކޯޓަށް

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލަން އަމުރުކޮށްދޭން އ...

27 Dec 2020 | 18:30

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލަން އަމުރުކޮށްދޭން އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެ މައްސަލަ ހައިކޯޓުން ބަލައިގެންފައިވާ ކަމަށް އެ ކޯޓުގެ މީޑިއާ އޮފިސަރު އަމީން ފައިސަލް މީޑިއާގައި ވިދާޅުވި އެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ގާނޫނީ ވަކީލު މުހައްމަދު ތަސްލީމެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގަ އެދިފައިވަނީ މިއަހަރު ބާއްވަން ހަމަޖެއްސި ކައުންސިލް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންނަށް އެކަނިކަމަށް ކަނޑައަޅައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނުގައި ހިމަނާފައިވާބައި ގާނުނު އަސާސީއާ ހިލާފުކަމަށް ކަނޑައަޅައި އެބައި އުވާލަދިނުމަށެވެ. މި މައްސަލަ ކޯޓަށް ބަލައިގެން ނަމަވެސް މައްސަލައިގެ ޝަރީއަތް ކުރިޔަށް ގެންދާނީ ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.

ވަކީލު ތަސްލީމް ހުށަހެޅި ގޮތަށް ހައިކޯޓުން އަމުރު ނެރެދީފި ނަމަ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ އިތުރު ކެންޑިޑޭޓުންނަށް ފުރުސަތު ލިބޭނެ އެވެ.

1،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ ކައުންސިލް އިންތިހާބުގައި އިިތުރު ކެންޑިޑޭޓުންނަށް ވާދަ ކުރުމުގެ ފުރުސަތު ނެތަސް މިހާރު ވާދަ ކުރާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އީސީން ބުނީ އެ ފުރުސަތު ބަންދު ކުރުމުގެ 10 ދުވަސް ކުރިން އެ ކޮމިޝަނުން އެކަން އާންމު ކުރާނެ ކަމަށެވެ.

މިހާތަނަށް 100 އަށްވުރެ ކެންޑިޑޭޓުން ވަނީ އަނބުރާ ނަން ނަގާފައި އެވެ.

މިއަހަރުގެ އޭޕްރިލް ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ކައުންސިލް އިންތިހާބު ފަސް ކުރީ ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުންނެވެ. އަދިވެސް އެެ ހާލަތު އުވާ ނުލާއިރު އީސީން ބުނީ މި ހާލަތު އުވާ ނުލާ ނަމަ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް ބަދަލު ގެނެސްދިނުމަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް