ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ގެސްޓް ހައުސް އެއްގައި ޖިންސީ ގޯނާ ކުރި މައްސަލައެއް

ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު ގެސްޓް ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓު ކުރީ ރޭ 7:30 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަ...

27 Dec 2020 | 18:00

ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު ގެސްޓް ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓު ކުރީ ރޭ 7:30 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ.

މި މައްސަލައިގަ މިރޭ ފުލުހުން ހައްޔަރު ކުރީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ އާއި ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. ވީޑިއޯގައި ފެންނަނީ ގެސްޓް ހައުސްގެ ކޮޓަރީގެ އެނދުމަތީގައި ފިރިހެނަކު އިށީނދެ އިންނަތަނެވެ.

އަދި އެތަނަށް ގެންދިޔައީ ނުކުޅެދޭ މީހެއްކަން އެނދުމަތީގައި އިން މީހާއަށް އެނގޭތޯ ބަޔަކު ސުވާލު ކުރެ އެވެ. އެ ކޮޓަރީގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ގެސްޓް ހައުސެއްގައި ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން ދާއިރު އިއްޔެ ފުލުހުން ވަނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އުމުރުން 66 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައި އެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް