މިއަދު ކޯވިޑް-19 އަށް އިތުރު 26 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ޕޮސިޓިވްވެފައިވަނީ މާލެއިން22 މީހުން ކަމަށެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރޭގެ ރަށަކުން މީހަކާއި އޮޕަރޭޓް ކުރާ ރިސޯޓްތަކުން ތިން މީހުން ކަމަށް ބުނެ އެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކުރީ 2،746 ސާމްޕަލެވެ.
ކޯވިޑަށް ފަރުވާ ދެމުން ދަނީ 517 މީހުންނަށެވެ. އޭގެ ތެރެއިން 33 މީހަކު ހޮސްޕިޓަލްގައި އެޑްމިތްކޮށްފައިވާއިރު ތިން މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ.
ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 13،072 މީހުންނެވެ. މި ބަލީގައި މަރުވީ 48 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 13،644 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް