މިސްރުގެ ހޮސްޕިޓަލެއްގައި ރޯވެ 7 މީހުން މަރުވެއްޖެ

މިސްރުގެ ވެރިރަށް ގާހިރާގެ އުތުރުގައި އަޅާފައިވާ ކޮރޯނާވައިރަސް ހޮސްޕިޓަލް ފެސިލިޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 7 މީހުން މަރުވެ، އިތުރު 5 މީހަކު ޒަހަމްވެއްޖެ އެވެ. ޚަބަރުތައް ބުނާ ގޮތުން ހޮސް...

27 Dec 2020 | 13:44

މިސްރުގެ ވެރިރަށް ގާހިރާގެ އުތުރުގައި އަޅާފައިވާ ކޮރޯނާވައިރަސް ހޮސްޕިޓަލް ފެސިލިޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 7 މީހުން މަރުވެ، އިތުރު 5 މީހަކު ޒަހަމްވެއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުން ހޮސްޕިޓަލުގެ އައިސީޔޫ ގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވެފައި ވަނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 7 ޕޭޝަންޓުން ނެވެ. އަދި ޒަޚަމްވީވެސް މި ބައްޔަށް ފަރުވާ ހޯދަމުން ދިޔަ 5 ޕޭޝަންޓުން ނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ހޯދިފައެއް ނުވެއެވެ.

މިކަން ތަހުގީގު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ.

މި ހާދިސާގައި ރޯވި އަލިފާންގަނޑު، ގަޑިއެއް ހާއިރުގެ ތެރޭގައި ކޮންޓްރޯލް ކުރެވުނު ކަމަށް ޚަބަރުތައް ބުނެ އެވެ.

މިސްރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއްލައްކަ ތިރީސްހާހަށް އަރާފައި ވާއިރު، މި ބަލީގައި އެ ގައުމުން 7309 މީހުން މިހައިތަނަށް މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް