ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ވިލިނގިލީ ޑްރަގް ސެންޓަރު ހުޅުވައިދެއްވުމަށާއި، ވިލިނގިލީގައި ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ގއ. ވިލިނގިލީ ކައުންސިލާއި އެ އަތޮޅުގެ އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް