މަސައްކަތުގައި ގިނަ ދުވަސްވީ ބިދޭސީން ބޮޑު މުސާރައިގާ އެހެންތަންތަނަށް ބަދަލުކުރުމުން ނޭދެވޭ އަސަރުކުރަމުން އަންނަކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފި އެވެ.
އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ރެސްޓޯރެންޓް، ހޮޓާ، ކެފޭ ފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ތަނުން އެހެން ތަނަކަށް ބަދަލުކުރުމަށްޓަކައި ބޮޑު މުސާރައެއް ހުށަހަޅައިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ މީހުން އެ ފަދަ ވަޒީފާތަކަށް ގެންދާކަން ވަރަށްބޮޑަށް ފާހަގަ ކުރެވޭ ކަމަށެވެ.
މިގޮތަށް ވަޒީފާ ބަދަލުވުމަށް އެދި ބިދޭސީން އެދެމުން ދިއުމުން އެ މީހަކަށް ވަޒީފާ ދިނުމަށް އެއްބަސްވާ ރެސްޓޯރެންޓް، ހޮޓާ ނުވަތަ ކެފޭއަކުން އެ މީހަކާ ބެހޭ މަޢުލޫމާތު ސާފުކުރުމަށް ނުގުޅާކަންވެސް ފާހަގަ ކުރެވޭ ކަމަށް ރޭމް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
" ގިނަ އަހަރުތަކެއް ވަންދެން ވަޒީފާގައި ދެމިތިބި އަދި މަސައްކަތުގެ ތަޖުރިބާ ހުރި ބިދޭސީން، އަލަށް ހުޅުވާލެވޭ ވިޔަފާރިތަކަށްގެންދާއިރުއެކަށީގެންވާ ބޮޑު މުސާރައެއް ހުށަހަޅުއްވަމުން ގެންދިއުމަކީ މި ސިނާއަތުގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް." އެ އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން މިކަން މިގޮތަށް ނުކުރެއްވުމަކީ އެ އެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސްއެއް ކަމުގައި ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް