ވީއައިއޭއަށް ބާރުބޮޑުވެ ޑޮމެސްޓިކް ފްލައިޓުތައް ނޯތު އޭޕްރަނަށް ބަދަލުކޮށްފި

ރާއްޖެ އަންނަ ފްލައިޓުތައް ގިނަވެ ޑޮމެސްޓިކް ފްލައިޓުތައް ނޯތް އޭޕްރަންއަށް ބަދަލުކޮށްފި އެވެ. އެމްއޭސީއެލްއިން ބުނީ މި ބަދަލު ގެނައީ ވަގުތީ ގޮތުން ކަމަށެވެ. މި ބަދަލާ އެކު ޑޮމެސްޓިކް ޓާމިނަލަށް ދަތުރ...

27 Dec 2020 | 10:41

ރާއްޖެ އަންނަ ފްލައިޓުތައް ގިނަވެ ޑޮމެސްޓިކް ފްލައިޓުތައް ނޯތް އޭޕްރަންއަށް ބަދަލުކޮށްފި އެވެ.

އެމްއޭސީއެލްއިން ބުނީ މި ބަދަލު ގެނައީ ވަގުތީ ގޮތުން ކަމަށެވެ. މި ބަދަލާ އެކު ޑޮމެސްޓިކް ޓާމިނަލަށް ދަތުރުވެރިން ފްލައިޓަށް ގެންދިއުމަށާއި އެރައިވަލްއަށް ގެންނާނީ ބަސްތަކުގައި ކަމަށެވެ.

ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހަކީ ވީއައިއޭއަށް ބާރު ބޮޑު މަހެކެވެ. ކްްރިސްމަސް އާއި އާ އަހަރާއި ދިމާކޮށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ އެވެ.

އަލުން ބޯޑަރު ހުޅުވި ފަހުން އިއްޔެ އާއި މިއަދަކީ ވީއައިއޭއަށް އެންމެ ބާރު ބޮޑު ދެ ދުވަހެވެ. އިއްޔެ ވީއައިއޭއަށް 35 ފްލައިޓު ޖައްސާފައިވާއިރު ފަސް ހާހަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

މި މަހުގެ މިހާތަނަށް 70،000 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ. މިއީ ކޯވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު ޖުލައި 15 ގައި ހުޅުވާލިފަހުން އެއް މަސް ތެރޭގައި މިހާތަނަށް އައި އެންމެ ގިނަ އަދަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް