ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ހަސަން (ލަކުޑި ސޭޓް) މިއަދު ނިޔާވެއްޖެ އެވެ.
ނިޔާވިއިރު ލަކުޑި ސޭޓުގެ އުމުރަކީ65 އަހަރެވެ. އޭނާ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ލަކުޑީގެ ވިޔަފާރި ކުރައްވާ ވިޔަފާރިވެރިޔާ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވިކަން އެނގުނީ މިއަދު ހެނދުނު ހޭނުލައިގެން ބެލުމުންނެވެ. ރޭވެސް ބައެއް މީހުންނާއި ބައްދަލުވެ ވަރަށް ރަނގަޅަށް ވާހަކަދައްކާ ހެދިކަމަށް ލަކުޑި ސޭޓުގެ ގާތް ބައެއް މީހުން މީޑިއާގައި ބުނެފައިވެ އެވެ.
ލަކުޑި ސޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ދެބެންގެ ދެދަރި ބޭފުޅެކެވެ. އަދި ޖޭޕީ އުފެދުނީންސުރެ ގާސިމް އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ވަރަށް މުއްސަނދި ނަމަވެސް އޭނާ އަބަދުވެސް ދިރިއުޅުއްވާނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ.
އިބްރާހިމް ހަސަން ނިޔާވި އިރު އަނބިކަނބަލަކާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް