ހަންޏާމީދޫ ބަނދަރު މަޝްރޫއުގެ ދަށުން މިހާރު ބޭނުން ކުރާ ބަނދަރު ފުންކުރަން ފަށައިފި

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ12 މަސައްކަތް ނިންމައިފި އެވެ. މި މަޝްރުއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިޔަށް ދަނީ އެ ރަށުގައި މިހާރު ބޭނުން ކުރާ...

27 Dec 2020 | 06:40

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ12 މަސައްކަތް ނިންމައިފި އެވެ.

މި މަޝްރުއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިޔަށް ދަނީ އެ ރަށުގައި މިހާރު ބޭނުން ކުރާ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 4،645 ކިއުބިކް މީޓަރުގެ މިހާރު ހަދާފައިވާ ބަނދަރު ސަރަޙައްދު ފުންކުރާނެ އެވެ. 404 ކިއުބިކް މީޓަރުގެ އައު ނެރު ފުންކުރުމާއި، 193 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 266 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ 32.2 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު އެއްކޮށް ނިންމަން ދީފައިވަނީ 300 ދުވަހެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް