އުމުރުން 21 އަހަރުގައި އިންޑިޔާގެ އެންމެ ޒުވާން މޭޔަރަކަށް އަންހެނެއް

ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައިވާ، އުމުރުން 21 އަހަރުގެ އާޔާ ރާޖެންދްރަން، އިންޑިޔާގެ ތިރުވަނަންތަޕޫރަމް ނުވަތަ ޓްރިވެންޑްރަމްގެ މޭޔަރަށް ވުމާއި ގާތަށް ޖެހިލައިފިއެވެ. އާޔާ ވަނީ ކޮމިޔުނިސް...

27 Dec 2020 | 04:49

ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައިވާ، އުމުރުން 21 އަހަރުގެ އާޔާ ރާޖެންދްރަން، އިންޑިޔާގެ ތިރުވަނަންތަޕޫރަމް ނުވަތަ ޓްރިވެންޑްރަމްގެ މޭޔަރަށް ވުމާއި ގާތަށް ޖެހިލައިފިއެވެ.

އާޔާ ވަނީ ކޮމިޔުނިސްޓް ޕާޓީ އޮފް އިންޑިޔާ (މާރކްސިސްޓް) ގެ ފަރާތުން ތިރުވަނަންތަޕޫރަމްގެ އަވަށެއް ކަމުގައިވާ މުޑަވަންމުގަލްގެ އާމު އިންތިހާބުގައި ވާދަކޮށް، 2،872 ވޯޓުން ކާމިޔާބު ކޮށްފައެވެ. މިއީ އާޔާ ވާދަކުރި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަށްވުރެ 549 ގިނަ ވޯޓެވެ.

މި އިންތިހާބު ކާމިޔާބުކުރމާއި އެކު ސީޕީއައި (އެމް) ގެ ތިރުވަނަންތަޕޫރަމްގެ ސެކެރެޓޭރިއޭޓް ވަނީ އާޔާގެ ނަން ސިޓީ މޭޔަރު ކަމަށް ފާސް ކުރުމަށް އެ ޕާޓީގެ ސްޓޭޓް ސެކްރެޓޭރިއޭޓް އަށް ފޮނުވާފައެވެ. ސްޓޭޓް ސެކްރެޓޭރިއޭޓް މި ނިންމުން ނިންމުމާއިއެކު އާޔާއަށް މޭޔަރުކަށް ޔަގީންވެ އިންޑިޔާގެ އެންމެ ޒުވާން މޭޔަރުގެ ގޮތުގައި ތާރީހު ހަދާނެއެވެ.

މޭޔަރުކަމަށް އާޔާގެ ނަން ހުށައެޅުމުން އެކަމާއި ދެކޭގޮތް މީޑިޔާއިން އެހުމުން އާޔާ ބުނެފައިވަނީ ޕާޓީއިން ނިންމާނީ ރަނގަޅަށް ކަމަށާއި މި ނިންމުމާއި ގުޅޭގޮތުން ރިޕޯޓަރުންގެ ފަރާތުން ފިޔަވައި އެއްވެސް ކަމެއް އަދި އެނގިފައި ނުވާކަމަށެވެ.

ބެޗްލާސް އޮފް ސައިންސް އިން މެތެމެޓިކްސް ކިޔަވަމުންދާ އާޔާ އަކީ ކަރަންޓު މަސައްކަތް ކުރާ ކޭ ރާޖެންދްރަން އަދި އިންޝުއަރެންސް އެޖެންޓެއް ކަމުގައިވާ ޝްރީލަތާ ރާޖެންދްރަންގެ ދަރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް