މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 20 ބޭފުޅަކަށެވެ.
މި ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި، އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅެކެވެ.
އެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:
- 1. ޑޮކްޓަރ ނައުޝާދު މުޙައްމަދު، މއ. އަމީނީވިލާ
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ:
މާސްޓަރޒް ޑިގްރީ
އަލްފާޟިލާ މަރްޔަމް އަނާ ޙަސަން، މއ. ހުދުއާނު
އަލްފާޟިލް ޢަލީ ސުޒޭނު، ކުދިމާގެ، ހއ. އިހަވަންދޫ
އަލްފާޟިލާ މުންޝިދާ އިބްރާހީމް، ގ. އޮނުހިރި
އަލްފާޟިލާ ޢުޒްމާ ޢަބްދުއްލަޠީފް، މ. ކޮކާވިލާ
އަލްފާޟިލް އަޙްމަދު ފިޟާލް، ވެނީލާގެ، ރ. އަލިފުށި
އަލްފާޟިލާ މަރްޔަމް ނަޒާހާ، މ. ލުނާވަ
އަލްފާޟިލާ މަރްޔަމް މޫނިސާ ޙުސައިން، ކަރަންކާވިލާ، ސ. ފޭދޫ
އަލްއުސްތާޛާ އާމިނަތު ރަޝްފާ، ދިލާސާގެ، އއ. ފެރިދޫ
އަލްއުސްތާޛާ އާމިނަތު އީމާން ޢަބްދުލްޣަފޫރު ، މއ. ރޯޒް 1
ބެޗްލަރސް ޑިގްރީ
އަލްފާޟިލާ ފާޠިމަތު މިޒުނާ، ކަނީރުހިޔާ، ރ. ރަސްގެތީމު
އަލްފާޟިލާ ޢާއިޝަތު ލަމްޙާ ޙުސައިން ރަމީޒު، ވާދީ، ނ. ކުޑަފަރި
އަލްއުސްތާޛު ޙަސަން ސާމިލު، ތަރި، ޅ. ކުރެންދޫ
އަލްފާޟިލާ އަމާނީ އަޓިއެނޯ އޮންޔަންގޯ، ގ. ކިސޫމޫ
ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:
އަލްފާޟިލާ ސިފުނާ އިބްރާހީމް، ފެހިވާދީ، މ. މުލައް
އަލްފާޟިލާ މިޝްކާ އަފްރާޙް ޙަސަން ، ހ. އަރުމްލިލީ
އަލްފާޟިލް ޙުސައިން ޒަޔާން ޝަހީދު ޒަކީ، މ. ނޫރާނީގެ
އަލްފާޟިލާ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4843
އަލްފާޟިލާ އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4844
ސްޓާފް ސާޖަންޓް ޙަސަން ސާއިދު، ނިޔަމި، ކ. ގާފަރު
ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރި 4 ޙާފިޡުންނަކީ:
އަލްޙާފިޡާ ޢާއިޝަތު ރަފާހު ޢަލީ، މއ. ހެބޫދޫގެ
އަލްޙާފިޡާ ނަވާރު ފިރާޤް މުޙައްމަދުފުޅު، ވިންޓަރގްރީން، ޅ. ނައިފަރު
އަލްޙާފިޡް އަޙްމަދު ޒަވްލު، ޝަބްނަމީގެ، ދ. ކުޑަހުވަދޫ
އަލްޙާފިޡް މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމް، މއ. ރިހިރާޅު
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް