މަސްތުވާތަކެތީގެ ދެ ބާވަތެއް ރާއްޖެއަށް އެތެރެ ކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އެ މީހާ ފާސްކޮށް ހައްޔަރު ކުރީ އަމަލު ތައް ހުރި ގޮތުން ހުއްޓުވަ...

26 Dec 2020 | 19:02

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އެ މީހާ ފާސްކޮށް ހައްޔަރު ކުރީ އަމަލު ތައް ހުރި ގޮތުން ހުއްޓުވައި ބަލާ ފާސްކުރި އިރު ދަބަހުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެމީހާ އަކީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.

ކަސްޓަމްސްއިން ބުނީ އޭނާގެ ދަބަހުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހިކި ފަތްތަކެއް ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން ކެނަބިސްއަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި އިތުރު އެއްޗެހިތަކެއް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތީގެ ޖުމްލަ ބަރުދަނުގައި ހުރީ 36 ގްރާމް ކަމަށެވެ.

އަދި އެ ތަކެތީގެ މަގުމަތީ އަގު 7،700 ރުފިޔާއަށް އަރާ ކަމަށެވެ.

މި މީހާގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކަސްޓަމްސްއިން ވަނީ އެމީހާ ފުލުހުންނާއި ހަވާލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް