ކޮވިޑް-19 އަށް ފަރުވާހޯއްދަވަމުން ދަނިކޮށް ސޫދާންގެ ކުރީގެ ބޮޑު ވަޒީރު އަވަހާރަވެއްޖެ

ސޫދާންގެ ކުރީގެ ބޮޑު ވަޒީރު ސޯދިގު އަލް މަހްދީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ. ޔުނައިޓެޑް އަރަބިކް އެމިރޭޓްސް ޔޫ.އޭ.އީ ގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ކޮވިޑް-19 އަށް ފަރު...

27 Nov 2020 | 15:30

ސޫދާންގެ ކުރީގެ ބޮޑު ވަޒީރު ސޯދިގު އަލް މަހްދީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ.

ޔުނައިޓެޑް އަރަބިކް އެމިރޭޓްސް ޔޫ.އޭ.އީ ގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މަހްދީ އަވަހާރަވެފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ.

މަހްދީއަށް ކޮވިޑް ޖެހިފައިވާކަން އޮކްޓޯބަރ މަހު ފަހުކޮޅު، ހާމަކޮށްފައިވާ އިރު، ކޮވިޑް ޖެހުމާއި ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ހޯދާފައި ވަނީ ސޫދާންގެ ހޮސްޕިޓަލެއްގަ އެވެ.

ނަމަވެސް ޔޫއޭއީގެ ހޮސްޕިޓަލަށް ބަދަލުކުރެވުނީ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށެވެ.

ދިމުގްރާތީ އުސޫލުން ސޫދާނުގައި ހޮވުނު އެންމެ ފަހު ޕްރައިމް މިނިސްޓަރ މަހްދީ އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ.

އޭނާ އަވަހާރަވިއިރު ދުނިޔޭގައި އަނބިކަނބަލަކާއި ހަ ބޭފުޅުން ތިއްބަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް