ޓެރަރިޒަމް ހަމަލާ ދޭން ރޭވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނާއި ގުޅުން ހުރި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޓެރަރިޒަމްގެ ހަމަލާ ހުއްޓުވުމަށް ފުލުހުން އޮޕަރޭޝަން ފެށީ މިމަހުގެ ކުރީ ކޮޅު އެވެ. މި އޮޕަރޭޝަން ހިންގަނީ މާލެ، ތ. ތިމަރަފުށި އަދި ކަނޑުމަތީގައި އެވެ.
މި މައްސަލައިގަ މީގެ ކުރިން ވަނީ ހަ މީހަކު ހައްޔަރުކޮށްފައި އެވެ. މިއަދު އިތުރު ދެ މީހަކު ހައްޔަރު ކުރީ ތިމަރަފުށިން ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ މިއަދު ހައްޔަރު ކުރީ އުމުރުން 28 އަހަރާއި 34 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މީގެ ތެރޭގައި ހިމެނެނީ ތިމަރަފުށީ އެއާޕޯޓުގައި މަސައްކަތް ކުރާ މީހަކާއި އެ ރަށު ސްކޫލް ޓީޗަރެކެވެ.
މި މައްސަލައިގައި ކުރިން ހައްޔަރުކޮށްފައި ވަނީ 20 އަހަރާއި 21 އަހަރު، 29 އަހަރު، 18 އަހަރު އަދި 31 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލަ އާިއ ގުޅޭ މާބޮޑު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް