އެމްއެންޑިއެފް ކޯސްޓުގާޑު އުޅަނދު "ހުރަވީ" މަރާމާތުކޮށްދިނުމަށް ފަހު އިންޑިއާއިން ރާއްޖެއާއި ރަސްމީކޮށް ހަވާލުކޮށްފި އެވެ.
ކޯސްޓު ގާޑު އުޅަނދު "ހުރަވީ" މަރާމާތު ކުރީ އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ވިޝާކާޕަޓްނަމް ނޭވީ ޑޮކްޔާޑުގައި އެވެ. މި އުޅަނދު މަރާތުކޮށް އެއްކޮށް ނިމިފައި ވަނީ ނުވަ މަސް ތެރޭގައި އެވެ.
އެމްއެންޑީއެފުން ބުނީ މަރާމާތަށް ފަހު މިމަހުގެ 25 ވަނަ ދުވަހު ރަސްމީކޮށް އެ އުޅަނދު އެމްއެންޑީއެފް ކޯސްޓްގާޑާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކަމަށްޓަކައި އިންޑިއަން ނޭވީ އާއި ދިވެހި ކޯސްޓުގާޑުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ.
ކޯސްޓްގާޑު އުޅަނދު 'ހުރަވީ" އަކީ އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ އުޅަނދެކެވެ. މި އުޅަނދު ހަދިޔާ ކުރީ 2006 ވަނަ އަހަރު އެވެ.
https://twitter.com/MNDF_Official/status/1331854153321070592
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މިފަދަ އުނދަގޫ ދުވަސްވަރެއްގައިވެސް ރާއްޖެއަށް މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ގާތްވާ ކަމެއް ކަމަށެވެ. އަދި ކޯސްޓްގާޑު "ހުރަވީ" މަރާމާތު ކޮށްދެވުމަކީ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރެވިގެންދިޔަ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް