ޑިފެންސް މިނިސްޓަރ މާރިޔާ ސްރީލަންކާއަށް ފުރާވަޑައިގެންފި

ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ. 4 ވަނަ އެންއެސްއޭލެވަލް މީޓީންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަންގައި ބައިވެރިވެ...

27 Nov 2020 | 09:07

ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ.

4 ވަނަ އެންއެސްއޭލެވަލް މީޓީންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަންގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ މާރިޔާ ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މިއީ ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދަޢުވަތަކަށް މިނިސްޓަރ މާރިޔާ ކުރައްވާ ދަތުރުފުޅެކެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ އެވެ.

6 އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި ބައްދަލުވުމުގައި، އިންޑިއާ ކަނޑުގެ ސަރަޙައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން، އަވަށްޓެރި އިންޑިޔާއާއި ސްރީލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރައްވާނެ އެވެ.

މިބައްދަލުވުމުގެ އޮބްޒަރވަރުންގެ ތެރޭގައި ބަންގްލަދޭޝް، މޮރިޝަސް އަދި ސީޝެލްސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް