ޢާއިލީ ގުޅުންތައް ގާއިމު ކުރެވޭނީ އެބައެއްގެ ތެރޭގައި ކުލުނު އޮވެގެން: ޚުތުބާ

ޢާއިލީ ގުޅުންތައް ގާއިމު ކުރެވޭނީ އެބައެއްގެ ތެރޭގައި ކުލުނު އޮވެ، ރުޅިވެރިކަމާއި އަނިޔާވެރިކަން ނައްތާލެވިގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. ޚުތުބާގައި ބުނީ މިއަދު ބައިނަލްއަގްވާމީ ބ...

27 Nov 2020 | 08:57

ޢާއިލީ ގުޅުންތައް ގާއިމު ކުރެވޭނީ އެބައެއްގެ ތެރޭގައި ކުލުނު އޮވެ، ރުޅިވެރިކަމާއި އަނިޔާވެރިކަން ނައްތާލެވިގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ މިއަދު ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި އަޑުގަދަކޮށް ދެކެވޭ ވާހަކަ އަކީ ގެވެށި އަނިޔާގެ ވާހަކަ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި އަޑުއުފުލެމުންދާ އެއް ކަމަކީ ވެސް ގެވެށި އަނިޔާ ކަމަށެވެ.

ޝަރްއީ ނައްޞުތައް ދަލީލު ކުރާ ގޮތުގައި ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް އެއްވެސް ބާވަތެއްގެ ގޯނާއެއް އަނިޔާއެއް ކުރުން ހަރާމް ކަމުގައި ޚުތުބާގައި ވަނީ ބުނެފަ އެވެ.

ޚުތުބާގައި ބުނީ އަންހެނުންނަށާއި ކުޑަކުދިންނަށް ދެވޭ އަނިޔާ އާ ކުރެވޭ ޖިންސީ ގޯނާތައް އިތުރުވަމުންދާ މިންވަރާމެދު އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމަށެވެ. އަދި މި ކުޑަ މުޖުތަމަޢުގައި ބައެއް ފަރާތްތަކުން ކުރާ މިފަދަ ކުށްތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ނަފްސާނީ ބިރުވެރިކަމެއް އިޙުސާސްކުރަން ޖެހިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް