ހެނދުނު ގަޑީގައި ބިސް ކެއުމުން ލިބޭ ފައިދާތައް ވަރަށް ގިނަ!

ހަގީގަތުގައި ވެސް ކުކުޅު ބިހަކީ ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވެސް ކުކުޅު ބިހަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ މަގުބޫލު އެއްޗެކެވެ. ބިހަކީ ގިނަ ބާވަތުގެ ކާތަކެ...

27 Nov 2020 | 04:39

ހަގީގަތުގައި ވެސް ކުކުޅު ބިހަކީ ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވެސް ކުކުޅު ބިހަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ މަގުބޫލު އެއްޗެކެވެ. ބިހަކީ ގިނަ ބާވަތުގެ ކާތަކެތި ތައްޔާރު ކުރާއިރު، ބޭނުން ކުރާ ބާވަތެކެވެ. ހަގީގަތަށް ބަލާއިރު، ދިވެހިން އާންމުކޮށް ބިސް ކައި އުޅެނީ މެންދުރު ނޫނީ ހަވީރު ނޫނީ ހެނދުނުއެވެ. ހެނދުނު ބިހެއް ކާލުމުން ލިބޭ ފައިދާތައް ވަރަށް ގިނަ އެވެ.

ބިހުން ލިބޭ ބައެއް ފައިދާތަކަށް ބަލާއިރު ބިސްކެއުމުން ގިނައިރު ބަނޑު ހައިނުވެ ހިފަހައްޓައިދެއެވެ.

އެގޮތުން ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި އިހުތިޔާރުކުރަން ވާނީ ބަނޑުހައިނުވެ ގިނައިރު، ހިފަހައްޓައިދޭ އެއްޗެކެވެ. އެއީ ނާސްތާ އާއި މެންދުރުގެ ކެއުމާ ތެރޭ ގިނަ ވަގުތުތަކެއް ނަގާތީ އެވެ. މިކަމަށް އެންމެ ރަނގަޅީ ބިހެވެ. ޓޯސްޓްފަދަ އެއްޗެއްސަށްވުރެ ބިސް، ގިނައިރު ބަނޑުހައިނުކޮށްދީ ހިފައިހައްޓައިދޭނެ އެވެ. ބިހުގައި އެކުލެވޭ ޕްރޮޓީން އާއި ފެޓްގެ ސަބަބުން ހަކަތަ ހިފެހެއްޓިފައި ހުރެ އެވެ.

މިހަކީ ބަރުދަން ލުއިކޮށްލުމަށްވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ. އެގޮތުން ހެނދުނުގެ ނާސްތާއަށް ބިސް ކެއުމުން މިކަން ވެސް ހާސިލުވާނެ އެވެ. ބަރުދަން ލުއިކުރަން ބޭނުން ނަމަވެސް ހެނދުނުގެ ނާސްތާއަށް ބިހެއް ކާލާށެވެ.

ބިހުން ގިނަ އަދަދެއްގެ ޕްރޮޓީން ލިބެއެވެ. ބިހަކީ އެންމެ ގިނައިން ޕްރޮޓީން އެކުލެވޭ އެކައްޗެވެ. އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ އެމިނޯ އެސިޑްސް ބިހުގައި ހުރެ އެވެ. މިއީ ވެސް ހެނދުނު ގަޑީގައި ބިސް ކާން ޖެހޭ ސަބަބެކެވެ.

ބިހުން ސިކުނޑި ތަރައްގީވެއެވެ. ވިސްނުންތޫނުވެއެވެ. ބިސް ކެއުމުން ސިކުނޑިއަށް ފައިދާވެ އެވެ. އެގޮތުން ސިކުނޑީގެ ހެދި ބޮޑުވުމަށާއި ވިސްނުން ތޫނު ވުމަށް ބިސް ބޮޑު ރޯލެއް އަދާކުރެ އެވެ.

ބިހަކީ ލޮލަށް ވެސް ރަނގަޅު ފަރުވާއެކެވެ. ބިހުގައި އެކުލެވޭ ދެ އެންޓިއޮކްސިޑެންޓެއްގެ ސަބަބުން ޔޫވީއިން ލޮލަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދެ އެވެ.

ހަގީގަތަށް ބަލަންޏާ ބިހަކީ އެހެންނިހެން ކާތަކެއްޗާ އަޅާ ބަލާއިރު، ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ އެއްޗެކެވެ. ބިހުގައި ގިނަ ވިޓަމިންސްތައް އެކުލެވެއެވެ. އޭގެތޭގައި ވިޓްމިން އޭ، ވިޓަމިބް ބީފައިވް، ވިޓަމިން ބީޓްވެލްވް، ވިޓަމިން ބީޓޫ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް