ކޯވިޑް-19 އަށް 35 މީހަކު ޕޮސިޓިވް ވެއްޖެ

ކޯވިޑް-19 އަށް އިތުރު 35 މީހަކު ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 26 މީހުން މާލެއިން ޕޮސިޓިވްވެފައިވާއިރު ނުވަ މީހުން ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ. އޭގެ ތެރޭގައި ހިމެނ...

27 Oct 2020 | 17:14

ކޯވިޑް-19 އަށް އިތުރު 35 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 26 މީހުން މާލެއިން ޕޮސިޓިވްވެފައިވާއިރު ނުވަ މީހުން ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 24 ދިވެހިންނާއި 11 ބިދޭސީންނެވެ.

މިއަދު ރާއްޖޭގައި ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،517 ސާމްޕަލެވެ.

މިވަގުތު ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 871 އެވެ. އޭގެ ތެރެއިން 47 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 320 މީހުން އެބަތިއްބެވެ.

އަތޮޅުތެރޭގެ23 ރަށެއްގައި ކޯވިޑަށް ޕޮއިޓިވް 45 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 14 ބިދޭސީންނެވެ.

ރިސޯޓުތަކަށް ބަލާއިރު 23 ރިސޯޓެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 83 މުވައްޒަފުންނާއި 28 ޓޫރިސްޓުންނެވެ.

ވޭތުވެދިޔަ24 ގަޑިއިރު ތެރޭގައި ކޯވިޑަށް ފަރުވާ ދެމުން ދިޔަ 89 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،652 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 11،567މީހުންނެވެ. 37 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް