ފީފާގެ ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ!

ފީފާގެ ރައީސް އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެެވެ. އިންފަންޓީނޯ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ ކިބައިން އަލާމާތްތައް ފެންނަކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ކޮވިޑް-19 އަށް ޕޮޒިޓ...

27 Oct 2020 | 16:13

ފީފާގެ ރައީސް އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެެވެ.

އިންފަންޓީނޯ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ ކިބައިން އަލާމާތްތައް ފެންނަކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އިންފަންޓީނޯ މިހާރު ހުރީ ސެލްފް އައިސޮލޭޓްކޮށްފައެވެ.

އަދި ވޭތުވެދިޔަ ދުވަސްތަކުގައި އިންފަންޓީނޯ ބައްދަލުވި މީހުންނަށް ވެސް މިހާރުވަނީ އެކަން އަންގާފައިވާއިރު، ފީފާއިންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން  އައިސޮލޭޝަންގައި 10 ދުވަސް ހޭދަކުރާނެކަމަށް ފީފާއިން މައުލޫމާތު ދެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް