އެމްޓީސީސީ އިން ކުރާ ބަހުގެ ދަތުރުތައް މާދަމާގެ ވަކި ވަގުތެއްގައި މެދުކަނޑާލަނީ

އެމްޓީސީސީ އިން ހުޅުމާލެއަށް ކުރާ ބަހުގެ ދަތުރުތައް މާދަމާގެ ވަކި ވަގުތެއްގައި މެދުކަނޑާލަން ނިންމައިފި އެވެ. އެ ކުންފުނިން ބުނީ ހުޅުމާލެ އާއި ވެލާނާ އިންޓަރނޭޝަނަލްް އެއަރޕޯޓަށް ކުރަމުންއަންނަ މެޓްރޯ...

27 Oct 2020 | 14:17

އެމްޓީސީސީ އިން ހުޅުމާލެއަށް ކުރާ ބަހުގެ ދަތުރުތައް މާދަމާގެ ވަކި ވަގުތެއްގައި މެދުކަނޑާލަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ހުޅުމާލެ އާއި ވެލާނާ އިންޓަރނޭޝަނަލްް އެއަރޕޯޓަށް ކުރަމުންއަންނަ މެޓްރޯ ބަހުގެ ޚިދުމަތް މާދަމާ މެންދުރު 12:30 އިން ފެށިގެން ހަވީރު 3 ޖެހުމާ ހަމައަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މި ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރަސްމީ ދަތުރުފުޅެެއްގައި މާދަމާ ރާއްޖެ ވަޑައިގެންނަވާތީ އެވެ.

އޭނާ މާދަމާ ރާއްޖެވަޑައިގެންނަވާތީ އެއަރޕޯޓް މަގާއި، ސިނަމާލެ ބްރިޖް، ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކާއި، ގްރީން ޒޯން ވަނީ ބަންދު ކުރުމަށް ނިންމާފަ އެވެ. އެ ސަރަހައްދު ބަންދުކުރަން ނިންމާފައިވަނީ މެންދުރު12:30 އިން ހަވީރު3 ޖަހަންދެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް