ޕޮމްޕިއޯ މާދަމާ ރާއްޖެ ވަޑައިގަންވާތީ، މާލޭގެ 4 ސަރަހައްދެއް ބަންދު ކުރަނީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ މާދަމާ ރާއްޖެ ވަޑައިގަންވާތީ، މާލޭގެ 4 ސަރަހައްދެއް ބަންދު ކުރުމަށް ނިންމައިފި އެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދު ކުރަން ނިންމާފައިވަނީ އެއަރޕޯޓ...

27 Oct 2020 | 13:59

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ މާދަމާ ރާއްޖެ ވަޑައިގަންވާތީ، މާލޭގެ 4 ސަރަހައްދެއް ބަންދު ކުރުމަށް ނިންމައިފި އެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދު ކުރަން ނިންމާފައިވަނީ އެއަރޕޯޓް މަގާއި، ސިނަމާލެ ބްރިޖް، ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކާއި، ގްރީން ޒޯނެވެ.

ފުލުހުން ބުނީ މާދަމާ މެންދުރު 12:30 ފެށިގެން ރަސްމިއްޔާތު ނިމެންދެން އެކި ވަގުތު ތަކުގައި ހިނގާމީހުންނާއި ދުއްވާ އެއްޗެއްސަށް އެ ސަރަހައްދު ބަންދުވާނެ ކަމަށެވެ. އަދި އެސަރަހައްދަށް ޒަރޫރީ ބޭނުމެއްގައި ދާންޖެހޭނަމަ ފުލުހުންގެ އިރުޝާދުގެ ދަށުން އަމަލު ކުރަންވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގައި މިވަގުތު ހުންނެވި ޕޮމްޕިއޯ، ރާއްޖެ ވަޑައިގަތުމަށް ފަހު، ލަންކާއަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕޮމްޕިއޯގެ ދަތުރު ތަކާއި ބެހޭ ގޮތުން ބައިނަލްއަގްވާމީ މީޑިއާތަކުގައި ބުނެފައިވަނީ، އޭނާ އޭޝިއާގެ ގައުމުތަކަށް ދަތުރުތައް ކުރަމުން ދަނީ، މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު ވަރުގަދަވަމުން ދިއުމާއި ގުޅިގެން އެކަމާއި ދޭތެރޭ ގައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރުމަށް ކަމަށެވެ.

އެހެން ނަމަވެސް އެމެރިކާއިން ވަނީ، މި ދަތުރުތަކަކީ އެކުވެރި ގައުމު ތަކުގެ މެދުގައި، ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވޭ ދަތުރު ތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް