އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަ ނުކުރީ ގާނޫނާއި އެއްގޮތަށް ކަމަށް ކަނޑައަޅައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަ ނުކުރީ ގާނޫނާއި އެއްގޮތަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅައިފި އެވެ. އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަ ކޮށްދިނުމަށް ޑިފެންސް މ...

27 Oct 2020 | 11:33

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަ ނުކުރީ ގާނޫނާއި އެއްގޮތަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅައިފި އެވެ.

އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަ ކޮށްދިނުމަށް ޑިފެންސް މިނިސްޓްރީގައި އެދުމުން އެ ކަމަށް ދެކޮޅު ހެދުމުން އެ މައްސަލަ އެ މިނިސްޓްރީއަށް ހުށަހެޅި ދިޔަސްރެސް އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އަޒާން ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައި އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޑިފެންސް މިނިސްޓްރީން ވަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތަކަށް ވާތީ ހާމަކުރެވެން ނެތްކަން ލިޔުމުން އަޒާންއަށް އަންގާފައިވާނެ ކަމަށް ބުނެފައި އެވެ. އަދި އެ މައުލޫމާތު ދޭން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދީ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން އެ މައުލޫމާތު ދޭން ދެކޮޅު ހެދުމުންނެވެ.

މި މައުލޫމާތު ދޭން ޑިފެންސުން ދެކޮޅު ހަދަނީ ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކޮށްފި ނަމަ އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއްކަމަށް ގަބޫލު ކުރެވޭ ކަމަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ. އަދި ރާއްޖެއަކީ އެއްވެސް ގައުމަކާއި އަރާރުން ނުއުފެދޭ، ވަރަށް ޑިޕްލޮމެޓިކް ގައުމެއް ކަމަށާއި ގުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރާކަށް ބޭނުން ނުވާ ކަމަށެވެ.

މި މައްސަލައިގަ ޑިފެންސްއިން ދީފައިވާ ޖަވާބުތަކަށް ބަލައި މިއަދު މެންދުރު ފަހު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ވިދާޅުވީ ޑިފެންސުގެ ނިންމުން ނިންމާފައިވަނީ ގާނޫނާ އެއްގޮތުގެ މަތީން ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް ނުފެންނަ ކަމަށެވެ.

ފިޔާޒު ވިދާޅުވީ އައިކޮމްގެ ނިންމުމާއި މެދު އިއުތިރާޒުވާ ނަމަ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހައްގު އަޒާންއަށް ލިބިގެންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް