އައްޑޫ ސިޓީ މީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ބޮޑު ބައި ނިންމައިފި

އައްޑޫ ސިޓީ މީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 80 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ތެރެއިން ނެރު...

27 Oct 2020 | 11:12

އައްޑޫ ސިޓީ މީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 80 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ތެރެއިން ނެރު ފުންކުރުމުގެ މަސައްކަތުގެ 34 ޕަސެންޓު ނިިފައިވާ ކަމަށެވެ. އަދި އެއްގަމު ތޮށީގެ މަސައްކަތުގެ 85 ޕަސެންޓް ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 35،496 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. 22،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 496 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ތޮށިލުމަށްވެސް ހަމަޖެހިފައިވެ އެވެ.

އަދި 115 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިން ބޭރުތޮށިލުން ހިމެނެ އެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ބައްތި ހަރުކުރުމާއި، 2480 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށެވެ.

މި މަޝްރޫޢުއަކީ 33.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް