ޝަރުއީ ނިޒާމު ސިޔާސީ ނުފޫޒުން މިނިވަންކުރަން އެމްޑީޕީ ޖެހިލުންވޭ: ޝަރީފް

ޝަރުއީ ނިޒާމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނެއްގެ ގޮތުގައި ހެދުމަށް އެމްޑީޕީއިން ޖެހިލުންވާކަން މިއަދު ރައްޔިތުންގެ މަޖިލީހުން ފެނުނު މަންޒަރު ތަކުން އެގިއްޖެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަ...

27 Oct 2020 | 10:30

ޝަރުއީ ނިޒާމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނެއްގެ ގޮތުގައި ހެދުމަށް އެމްޑީޕީއިން ޖެހިލުންވާކަން މިއަދު ރައްޔިތުންގެ މަޖިލީހުން ފެނުނު މަންޒަރު ތަކުން އެގިއްޖެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް އިސްލާހު ގެންނަށް ހުށަހަޅާފަ އެވެ. އެ އިސްލާހަކީ ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމުގެ ގޮތުން ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާހުގެ ބަހުސްގައި އެމްޑީޕީ އެއްވެސް މެމްބަރަކު ބައިވެރިވެފައި ނުވެ އެވެ.

އިސްލާހުގެ އިބްތިދާއި ބަހުސް ކުރިއަށް ދިޔަ ވަގުތު އެމްޑީޕީ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި އިދިކޮޅު މެމްބަރުންގެ ވާހަކަ ކުރިއަށް ގެންދިޔުމަށް ހުރަސް އަޅުއްވާފަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން އެގޮތަށް ނުކުރައްވައި އެމްޑީޕީ މެމްބަރުން ކެތްތެރިވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ އިސްލާހު ބަލައި ނުގަތުމަށް އެމްޑީޕީ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

އެމްޑީޕީގެ މެމްބަރުން ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރާ ބިލަށް ހުރަސް އެޅުމާ ގުޅިގެން، ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭއެސްސީގެ ފޯމޭޝަނަށް ބަދަލު ގެންނަން އެމްޑީޕީ މެމްބަރުން ވޯޓު ނުދިނުމުން އެގެނީ، އެ މެމްބަރުން ޖޭއެސްސީ ސިޔާސީ ނުފޫޒުން ވަކި ކުރަން ޖެހިލުންވާ ކަމަށެވެ.

ޝަރީީފު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ އެ ނިންމުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ ހިލާފު އަމަލެއް ކަމަށެވެ. އަދި އެއީ ނަޝީދު ޖޭއެސްސީގައި ހުންްނެވުމަށް އެމްޑީޕީ މެމްބަރުން ތާއިދުކުރާ ކަން ދޭހަވާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް